ހއ. ހޯރަފުއްޓަށް 30ފޫޓުގެ ބޮޑު މަހެއް ލައްގައިފިއެވެ.

ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު އަސްފާމް “ދެން”އަށް މިއަދު ވިދާޅުވީ އެ ރަށުގެ ހުޅަނގު ފަރުމައްޗަށް އެ މަސް ލައްގާގައި އޮތް ހަބަރު ރިޕޯޓްކުރީ މިއަދު ހެނދުނު ނުވައެއް ޖަހާކަންހާއިރު ކަމަށެވެ.

އަދި ހޯރަފުށީ ކައުންސިލާއި، ހޯރަފުށީ ޕޮލިސް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އިތުރުން އެމްޓީސީސީ ހޯރަފުށީ ސައިޓްގެ އެހީތެރިކަމާއެކު ގޮނޑުދޮށުން ނަގައި މިއަދު މެންދުރު އެ މަސް ވަޅުލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މަސް ވަޅުލީ ހޯރަފުށީގެ މީހުން ދިރިނޫޅޭ ސަރަހައްދެއްގައެވެ.

އެ މަސް އޮތީ ވަރަށް ބޮޑަށް ކުނިވެފައިކަމަށް ވެސް އަސްފާމް ވިދާޅުވިއެވެ.

Leave a Reply