ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި އެކަމޮޑޭޝަން ބްލޮކެއްގައި އަލިފާން ރޯވުމާ ގުޅިގެން، ދިފާއީ ބާރުގެ ފަޔަރ އެންޑް ރެސްކިއު ޓީމުތަކުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފިއެވެ.

ގައުމީ ދިފާއީ ބާރުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބިފައި ވަނީ މިއަދު ހަވީރު 17:21 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ސިފައިން ވަނީ އެތަނަށް ގޮސް، އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ އަމަލީ މަސައްކަތް ވަގުތުން ފަށާފައެވެ.

މިހާތަނަށް ބެލިބެލުމުން، މި ހާދިސާގައި އެއްވެސް ފަރާތެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް، އަލިފާންގަނޑު މުޅިން ނިއްވާލުމަށްޓަކައި ސިފައިން މެދުކެނޑުމެއްނެތި ދަނީ ހަރަކާތްތެރިވަމުންނެވެ.

Leave a Reply