މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ ތައުލީމީ ނިޒާމުގެ އުނގު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖީދިއްޔާ އަށް 98 އަހަރު ފުރުމާ ގުޅިގެން އެ ސްކޫލުގެ އެހާރާ މިހާރުގެ ދަރިވަރުންނަށް، ބެލެނިވެރީންނަށް، މުދައްރިސުންނަށް، ހިންގުންތެރީންނަށް، ހިދުމަތްތެރީންނަށް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ތަހުނިޔާ ފޮނުއްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ މަޖީދިއްޔާގެ ހަނދާންތައް ދިވެހި ތާރީހުގަައި ބިންވަޅު ނެގިފައިވަނީ ފަނޑުވުމެއްނެތް ޒިކުރާތަކާ އެކު ކަމަށެވެ.

އެއީ ރާއްޖޭގެ ތަޢުލީމުގެ އެންމެ ނަންހުރި ބިނާގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތައުލީމުގެ އުނގު

ރާއްޖޭގެ އެންމެ ގިނަ ދުވަސްވި ސްކޫލު، މަޖީދިއްޔާ ސްކޫލަކީ އޭޕްރީލް، 1927 ގައި މަދަރުސަތުއް ސަލާހިއްޔާގެ ނަމުގައި ކިޔަވައިދޭން ފެށި މަދަރުސާއެކެވެ.

އެ ސްކޫލަށް ގަރުނެއް ވާނީ 2027 ގަ އެވެ.

Leave a Reply