ހިޔާލުފާޅުކުރުމުގެ ހައްގުތަކާ އެކީގައި ހުދޫދުތަކެއްވަކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ހާފިޒުން ދަސްވެނިވި ހަފްލާ ޝަރަފްވެރިކޮށްދެއްވައި ރައީސް މުއިއްޒު ވިދާޅުވީ އެހެން ހުރިހާ މަހުލޫގުންގެ މައްޗަށް މާތް ﷲ އިންސާނާ މަތިވެރިކުރެއްވުމުގެ މަފްހޫމަކީ ކޮންމެ އިންސާނަކީ ވެސް އެނެއް އިންސާނަކަށް އިހުތިރާމް އަދާކުރުން ކަމަށެވެ.

އަދި އެއް އިންސާނާ އެނެއް އިންސާނާ ދަށްކޮށް ބުނަން ބޭނުންވާ ކޮންމެ އެއްޗެއް ބުނުމަކީ މިނިވަންކަން ނޫން ކަންވެސް ރައީސް ފާހަގަ ކުރެއްވި އެެވެ.

“ހައްގުތަކާއެކީގައި އޭގެ ހުދޫދުތައް ވެސް އޮވޭ. ރައިޓްސްއާ އެކީގައި ލިމިޓޭޝަންވެސް އޮވޭ އެހެން ނޫނީ އިންސާނީ މުޖުތަމައުއެއް ހެޔޮ ގޮތުގައި ކުރިއަކަށް ނުދާނެ. އަނެއް އިންސާނާއަކީ ތިމަންނަ ފަދައިން ކަރާމާތްތެރިކަން ލިބިގެންވާ މީހެއްކަން ގަބޫލުކުރެވުނު ދުވަހަކުން މި މުޖުތަމައު ރަނގަޅުވާނީ” ރައީސް ވިދާޅުވި އެވެ،

އެކަންކަމަކީ ކީރިތި ޤުރުއާނުންވެސް ވަރަށް ސަރީހަކޮށް ފެންނަން އޮތް ކަަމެއް ކަމަށާއި އެކަން އަޅުގަނޑުމެން ގަބޫލުކުރުމަށް ރައީސް ގޮވާލެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކީރިތި ޤުރުއާނަކީ އެކި ހަފްލާތަކުގައި ކިޔަވާލަން އެކަނި ގެންގުޅޭ ފޮތެއް ނޫން ކަމަށާއި  އަޅުގަނޑުމެން ކަންކަންކުރާއިރު ނަމޫނާއެއްގެ ގޮތުގައ ކިީރިތި ގުރުއާން ބަލަން ޖެހޭ ކަމަށެވެ.

އެހެން ނަމަވެސް ގައުމުގައި ކަންކަން އެފަދައިން ހިނގަމުންދާކަމާމެދު ރައީސް ސުވާލު އުފެއްދެވި އެވެ.

“އަޅުގަނޑުމެން އެކަކު އަނެކަކުގެ އަބުރަށް އަރައިގަންނަނީ. ނެތި މޮށެނީ.  ދޮގު ވާހަކަތައް އިންތިހާއަށް ފަތުރަނީ . މިހެން ގޮސް އަޅުގަނޑުމެންގެ ތެރޭގައި ނެތް ކަމެއް ނެތް.” ރައީސް ވިދާޅުވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *