މިދިޔަ މަހު ޒަކާތު ފަންޑުން ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަލައިގަތް ކަމަށް ޒަކާތު ހައުސްއިން ބުނެފިއެވެ.

ޒަކާތު ހައުސްއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުގައި ބުނެފައިވަ ގޮތުން ޒަކާތު ހައުސްއަށް މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވަނީ ޖުމުލަ 7,587,956.14ރުފިޔާއެވެ. އަދި ހަމަ މިދިޔަ މަހުގެ ތެރޭގައި ޒަކާތު ފަންޑުން އެހީތަކަށާއި މަޝްރޫއުތަކަށް ދޫކޮށްފައިވަނީ ޖުމުލަ 2,685,834.30ރުފިޔާއެވެ.

މިދިޔަ އަހަރުގެ މޭ މަހު ލިބިފައިވަނީ 4.33މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 75.3އިންސައްތައިގެ އިތުރުވުމެކެވެ.

ޒަކާތް ދެއްކި މިންވަރު އިތުރުވުމަކީ ޒަކާތުގެ މުހިންމުކަމާއި، ރަސްމީ ނިޒާމުގެ ތެރެއިން ޒަކާތް ދެއްކުމަށް އާންމުން ހޭލުންތެރިވަމުންދާކަން ހާމަކޮށްދޭ ކަމެއްކަމަށް ވެސް ޒަކާތު ހައުސްއިން ބުންޏެެވެ.

މިދިޔަ މަހު އެންމެ ބޮޑު އަދަދެއް ދޫކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށެވެ. އެއީ 1,483,960.50ރުފިޔާއެވެ.

މީގެ ތެރޭގައި ހިމެނެނީ:

  • ބޭސްފަރުވާގެ އެހީއަށް ބޭނުންވި ފަރާތްތަކަށް ދޫކުރި 1,452,960.50ރުފިޔާ.
  • ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ ފަރާތްތަކަށް ދޫކުރި 31,000.00ރުފިޔާ.

މި މަހު ޒަކާތު ފަންޑުން ދޫކުރި ޖުމުލަ ފައިސާގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހޭދަކޮށްފައިވަނީ ބޭސްފަރުވާގެ އެހީއަށެވެ.

Leave a Reply