ގިނަ އަދަދެއްގެ ބަނގުރާ ފުޅިއާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ބަނގުލަދޭޝްއަށް ނިސްބަތްވާ އަލް ނޫމާން (31އ)އެވެ. އަދި އޭނާގެ ބަންދަށް ވަނީ 10ދުވަސް ޖަހައިފައެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އޭނާ ދިރިއުޅުނު ތަނުން ބަނގުރާ ކަމަށް ޝައްކުކުރެވޭ 14ފުޅި ފެނިފައިވެއެވެ.

އެ މައްސަލައިގައި ނޫމާން ޑީޕޯޓްކުރަން ބޭނުންވާކަމަށް އޭނާގެ ސްޕޮަންސާ ބުނެފައިވާ އިރު އެ ތަހުގީގު އަވަސްކުރަން ވެސް މިހާރު ފުލުހުންނަށް ވަނީ އަންގައިފައެވެ.

އެ މައްސަލައިގައި ޝަރުުތުތަކާއެކު ބަންދުން ދޫކޮށްލަން އެދުނު ނަމަވެސް އެހާ ގިނަ އަދަދެއްގެ ބަނގުރާ ފެނުމުން ދޫނުކުރަން ނިންމީކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.

ބަނގުރާ ތައްޔާރުކުރުމާއި ރާއްޖެއަށް އެތެރެކުރާ ބަނގުރާ ވިއްކުމުގައި ގިނަ އަދަދެއްގެ ބިދޭސީން މީގެ ކުރިން ވެސް ހައްޔަރުކޮށް ޑީޕޯޓްކޮށްފައިވެއެވެ.

Leave a Reply