އައްޑު އަތޮޅު ހިތަދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ޑްރަގު ވައްދަން އުޅުނު ފުލުހަކަށް ދަޢުވާ ކޮށްދިނުމަށް އެދިފައިވާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބެނެފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ދަޢުވާ ކޮށްދިނުމަށްއެދި ފޮނުވާފައިވާނީ ޕޮލިސް ކޮންސްޓެބަލް ސ. ހިތަދޫ، ފުނަގެ މުޙައްމަދު ނައުފް ނަސީމުގެ މައްޗައްކަމަށާއި ފުލުހުންނަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން ސެޕްޓެމްބަރު 4 ވަނަ ދުވަހުގެ ރޭ އޭނާގެ ހަށިގަނޑު ބަލައި ފާސްކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި އޭނާގެ އަތުންފެނުމާ ގުޅިގެންކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ނައުފް 15 ދުވަހަށް ބަންދުކުރިކަމަށާއި ބަންދުގެ މުއްދަތު ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހަމަވުމުން އޭނާ ދޫކޮށްލާފައިވާނެކަމަށް ފުލުހުން ބެފައިވެއެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރުމަށް އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވާނެކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ނައުފް މުޙައްމަދު މިހާރު ވާނީ މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑްކުރެވިފަކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

 

Leave a Reply