މާލޭ ބޮޑުތަކުރުފާނުމަގު ހެދުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ކައިރިން ސަރަހައްދެއް ބަންދުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުން އިއްޔެ ސަރުކާރުގެ ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައި ބުނީ ބޮޑުތަކުރުފާނުމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި މިއަދުން ފެށިގެން 13 އޮކްޓޯބަރ 2025 ގެ ނިޔަލަށް ބޮޑުތަކުރުފާނުމަގުގެ އެއްފަޅި ބަންދުކުރެވިފައިވާ ކަމަށެވެ.

އެހެންވެ އެކަމުގައި އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި ކައުންސިލުން ވަނީ މައާފަށް އެދިފަ އެވެ.

އަދި ބަންދުކުރާ ސަރަހައްދު އެނގޭނެ ގޮތުގެ ޗާޓެއް އާއްމުކޮށްފައިވާއިރު، ޗާޓުން ދައްކާ ގޮތުން ދަތުރުވެރިންގެ މާރުކޭޓުން ފެށިގެން ގޮސް ރަސްމީ ފާލަމާ ހިސާބަށް މަގު ބަންދުވާނެ އެވެ

Leave a Reply