ހުޅުމާލެއިން 40ބިދޭސީން ޗެކުކޮށް ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އިމިގްރޭޝްއިން މިއަދު ހަވީރު އެކްސްގައި ބުނީ ބިދޭސީން ގަވައިދާ އެއްގޮތަށް އުޅެމުންދޭތޯ ބަލަން އިއްޔެ އިއްޔެއާއި މިއަދު ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގައި މީހުން ދިރިއުޅޭ ސަރަހައްދުތަކާ ކައިރިން އޮޕަރޭޝަންއެއް ހިންގި ކަމަށެވެ.

އަދި ޗެކުކުރި 40ބިދޭސީންގެ ތެރެއިން ދެ ބިދޭސީއަކު ގަވައިދާ ހިލާފަށް އުޅެމުންދާތީ އިމިގްޜޭޝަންގެ ބެލުމުގެ ދަށަށް މިހާރު ގެނެސްފައިވާ ކަމަށް ބުންޏެވެ.

ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ބިދޭސީންނާ ދެކޮޅަށް ފާއިތުވި އަހަރާއި މިއަހަރުގެ ތެރޭގައި ވެސް ފުޅާ ދާއިރާއެއްގައި ރެއިޑްތައް ވަނީ ހިންގާފައެވެ. މިގޮތުން ހައްޔަރުކުރެވޭ މީހުން އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލުމުގެ ކަންކަން ހަލުވިކަމާ އެކު ކުރިއަށްދާކަމަށް ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދެއެވެ.

އެތައް އަހަރެއް ވަންދެން ރާއްޖޭގެ އިގުތިސާދާއި އިޖުތިމާއީ ފޭރާމަށް އަސަރުކުރާ ގޮތަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި، އިމިގްރޭޝަނުން މިފަދަ ކުއްލި އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައި ވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ.

Leave a Reply