ގުޅިގެން މަސައްކަތްކުރަން އިސްލާމިކް މިނިސްޓްރީއާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިންގަވަމުންދާ މައުމޫން ފައުންޑޭޝަންއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެ ފަހުމުނާމާގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އަދި މައުމޫން ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ މައުމޫން ފައުންޑޭޝަންގެ ޗެއާމަން ރައީސް މައުމޫން އެވެ.

އެ ފަހުމުނާމާއަކީ އިސްލާމިކް މިނިސްޓްރީއާއި މައުމޫން  ފައުންޑޭޝަން ގުޅިގެން ކުރިއަށް އޮތްތާ މަސައްކަތް ކުރުމަށް ސޮއިކުރެވުނު ފަހުމުނާމާއެކެވެ.

މީގެ ކުރިންވެސް އިސްލާމިކް މިނިސްޓްރީއާއި އެ ފައުންޑޭޝަން ގުޅިގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

މައުމޫން ފައުންޑޭޝަންއިން ދަނީ ރޯދަ މަހު ހާއްސަކޮށް ދީނީ ޕްރޮގްރާމްތައް ވެސް ހިންގަމުންނެވެ.

Leave a Reply