
ބޮޑު ކަންނެލީގެ މަސްވެރިންނާއި އެހެނިހެން މަސްވެރިކަން ކުރާ ފަރާތްތަކަށް މެދުރާއްޖެތެރެއިން ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ޤާއިމްކުރި ފުރަތަމަ އެސްޓީއޯ ފިއުލް ޝެޑް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދުވާފަރުގައި ހުޅުއްވައިދެއްވައިފިއެވެ.
ދުވާފަރުގައި ތަރައްޤީ ކުރެވުނު މި ފިއުލް ޝެޑަކީ ރާއްޖޭގެ ކޮންމެ އަތޮޅަކުން ހެޔޮ އަގުގައި “އެސްޓީއޯ ރޭޓު”ގައި ތެޔޮ ލިބޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ޤާއިމުކުރެވުނު ފުރަތަމަ ފިއުލް ޝެޑެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި “އެސްޓީއޯ ރޭޓު”ގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި މަދުވެގެން ކޮންމެ އަތޮޅަކުން އެއް ރަށުގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ސަރުކާރުގެ ވަޢުދެކެވެ.

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































