
މެދުއިރުމަތީގެ މިހާރު ފެށިފައިވާ ހަނގުރާމައާ ގުޅިގެން ދައުލަތުގެ އާމްދަނީ އަށް އަސަރު ކުރާނެ ކަމަށް ފެންނާތީ، ކޮންމެހެން ކުރަން ޖެހޭ ބޭރު ދަތުރުތައް ނޫނީ ނުކުރުން ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އަޅަމުން ދަނީ ކުރިއާލާ އިއުލާނުކޮށްގެން ނޫން ކަމަށާއި ނަމަވެސް ހާލަތަށް ބަލައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.
“ބޭރު ދަތުރު ހުއްޓާލައިލާނެ. ނަމަވެސް ފޮރިން މިނިސްޓަރު ދަތުރު ކުރައްވާނެ. ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރާނެ. ހުދު އަޅުގަނޑުވެސް އޭޑީއެފްޑީގެ 100މިލިއަން ޑޮލަރުގެ ފައިނަލްގައި ސޮއިކުރުން.”ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިގޮތުން ބައެއް ޕްރޮޖެކްޓްތަކަށް ސަރުކާރުގެ ކުންފުނިތަކަށް ނަގަން ޖެހޭ މުވައްޒަފުން ނެގުން ވެސް ވާނީ މަޑުޖައްސާލާފައެވެ.
“އިއްޔެވެސް އައި މުވައްޒަފުން ނަގަން އެސްއޯއީއަކުން. ނަމަވެސް އަޅުގަނޑު ވާނީ އަންގާފަ މަޑުކޮށްލަން.”ޒަމީރު ވިދާޅުވިއެވެ.




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































