ދިވެހި ޓިކްޓޮކް ތަރި އަމްޖަދު (އަމްޖޫ) ކުއްލިގޮތަކަށް މިއަދު ނިޔާޥެއްޖެ އެވެ.

“ދެން” އަށް އެނގިފައިވާ ގޮތުން އަމްޖޫ މިއަދު އައިޖީއެމްއެޗްއަށް ގެނައީ ތިލަފުށީގައި އުޅެނިކޮށް ހަަބަރު ހުސްވެގެން ވެއްޓިގެން ނެވެ.

އަދި މިހާރު އަމްޖޫ ނިޔާވެފައިވާކަން އައިޖީއެމްއެޗްއިން “ދެން”އަށް ވަނީ ކަށަވަރުކުރެވިފަ އެވެ.

އަމްޖޫއަކީ ޓިކްޓޮކްގައި ދިވެހީންގެ ތެރޭގައި މަގުބޫލު މީހެކެވެ. އޭނާ ކައިވެނިކޮށްގެން އުޅެނީ ވެސް ދިވެހި ޓިކްޓޮކްގައި މަޝްހޫރު ހަބީބާއާ އެވެ.

ފަހަކަށް އައިސް އަނެއްކާވެސް ކުއްލި މަރުތައް ރާއްޖޭގައި ވަނީ ގިނަވެފަ އެވެ.

އެގޮތުން ރާއްޖޭގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހު ވެސް މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ ވަނީ ނިޔާވެފަ އެވެ.

Leave a Reply