ފުލުހުން ތަޙްޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުޙައްމަދު އަލަމިން މިއާ (36އ)، ޕާސްޕޯޓް ނަންބަރު: EJ0937852 ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅާ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

ޢާންމު ރައްޔިތުންގެ ފަރާތުން މިފަދަ ކަންކަމުގައި ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

Leave a Reply