
ކްރިމިނަލް ކޯޓަށް ތިން ފަނޑިޔާރަކު އައްޔަންކުރަން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާންކުރީ މިދިޔަ މަހުގެ ހަވަނަ ދުވަހުއެވެ.
މިދިޔަ މަހުގެ 16އާހަމައަށް އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ގިނަ ބޭފުޅުންތަކެއް ކުރިމަތިވެސްލިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިހާރު ވަނީ އެ ފަރާތްތަކާ އިންޓަވިއުކޮށް އެ މަގާމުތަކަށް ބޭފުޅުން އައްޔަނުކުރަން ވެސް ނިންމައިފައެވެ.
ޖޭއެސްސީން ނިންމާފައިވަނީ އެ މަގާމުތަކަށް ހއ. ދިއްދޫ ޑޭޒީމާގޭ އަހުމަދު ތައުފީގުއާއި ތ. ވޭމަންޑޫ/ޑްރީމް މުހައްމަދު އަބްދުاللهގެ އިތުރުން ޅ. ކުރެންދޫ/ ނޫރާނީގެ، ސުލައިމާން މުހައްމަދު އައްޔަންކުރުމަށެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައިި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށް އަދި ފަނޑިޔާރު ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުގައި ތިން އަހަރުގެ ތަޖުރިބާ ހުރުން ހިމެނެއެވެ
އެ މަަގާމުގެ ދަށުން މުސާރަ އަދި އިނާޔަތުގެ ގޮތުގައި 60،000ރުފިޔާ ލިބޭނެއެވެ.












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































