މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދާ މައްސަލައެއްގެ ތަހުގީގު ފަށައިފި އެވެ.

ފުލުހުން މިރޭ އާއްމުކުރި ބަޔާނެއްގައި ބުނީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައިފާސްކޮށް 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Leave a Reply