ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރީ ބަނގުލަދޭޝްއަށް ނިސްބަތްވާ ޝާކިރު (34އ)އެވެ.

ފުލުހުން ބުނީ ހުޅުމާލެ ނިރޮޅުމަގުން ސައިކަލެއްގައި ދަނިކޮށް ޝާކިރު ހުއްޓުވައި ބަލައިފާސްކުރިއިރު އަށްފުޅި ބަނގުރާ ފެނުނު ކަމަށެވެ.

އެހެންވެ ޝާކިރުގެ މައްޗަށް ކުރަނީ ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

Leave a Reply