މިދިޔަ ޖެނުއަރީ މަހުން ފެށިގެން މާލެ ސިޓީ ކައުންސިލުން މާލޭގެ މަގުތަކުގައި ހުންނަ ކާނު ސާފުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 15,000އަށް ވުރެ ގިނަ މަގުގައި ހުރި ކާނުތައް ސާފުކޮށްފި އެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ޖެނުއަރީ 19 އިން ޖުލައި 12 ގެ ނިޔަލަށް ސާފުކޮށްފައި ވަނީ މާލޭގެ 117 މަގެއްގެ 15,652 ކާނު ކަމަށެވެ.

އަދި ވިލިމާލޭގެ ހުރިހާ މަގެއްގައި ހުރި ކާނުތައް ސާފުކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ވާރޭ ވެހޭ ކޮންމެ ފަހަރަކު މިހާރު މާލޭގެ މަގުތަކުގައި ފެން ބޮޑުވާލެއް މަދެވެ. އެއީ ފެން ހިންދަން ދަތިވާތީ އެވެ.

ފެން ހިނދުން ލަސްވާން ދިމާވާ އެންމެ ބޮޑު ސަބަބަކީ މަގުތަކުގެ ކާނުތަކުގައި ކުނި ގިނަވުމެވެ.

މޭޔަރު އާޒިމް ކުރިން ވިދާޅުވެފައި ވަނީ ވެސް ފެންބޮޑުވާން މެދުވެރިވާ އެއް ސަބަބަކީ ވެސް އެއީ ކަމަށެވެ.

ސިޓީ ކައުންސިލްގެ އިތުރުން ސަރުކާރުގެ ކައުންސިލް އަދި ޕަބްލިކް މިނިސްޓްރީން ވެސް މި މަސައްކަތް ކުރިއަށް ގެންދެ އެވެ.

Leave a Reply