
އަހަރުގެ އެންމެ ފުރަތަމަ ފަތުރުވެރިޔާއަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)އިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
2026ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިއަކީ ޖަރުމަންވިލާތުގެ ރައްޔިތެއް ކަމަށްވާ ތޯމަސް އެންޑްރިއާސް ހެލްވެގާރއެވެ. ތޯމަސް ރާއްޖެ އައިސްފައި ވަނީ އިއްތިހާދު އެއަރވޭސްގެ ފްލައިޓަކުންނެވެ. މިއީ އޭނާ ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.
A new year, a new beginning. We welcome our first tourist of 2026, Thomas Andreas HellWeger, to the Sunny Side of Life as another year of remarkable Maldivian experiences begins.#VisitMaldives #SunnySideOfLife #WorldsLeadingDestination2025 pic.twitter.com/EjLlnyk51A
— Maldives Airports Company Ltd (@MACLmedia) January 1, 2026
ޓޫރިޒަމް މިނިސްޓްރީގެ ސްޓެޓިސްޓިކްސްއިން ދައްކާ ގޮތުން ފާއިތުވި އަހަރު ރާއްޖެއަށް އައިސްފައި ވަނީ 2,232,080 ފަތުރުވެރިންނެވެ. މިއީ 2024ވަނަ އަހަރު އައި 2,033,403 ފަތުރުވެރިންނާ އަޅައިބަލާއިރު 9.8 ޕަސެންޓް އިތުރުވުމެކެވެ. 2025ވަނަ އަހަރު އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން 329,006 ފަތުރުވެރިން އައިސްފައިވެއެވެ.

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































