މާލޭ ގެއެއްގައި ރަހީނުކޮށްފައި ހުރި މީހަކު ފުލުހުން ސަލާމަތްކޮށްފި އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެ މައްސަލަ އެ އިދާރާއަށް ލިބުނީ މިއަދު ހެނދުނު 6 ޖެހިހާއިރު ކަމަށެވެ.

ރިޕޯޓް ލިބުމާއެކު އެ މީހާ ރަހީނުކޮށްފައި ހުރިތަނުގެ ތަޅު ހަލާކު ކޮށްލައިގެން ވަދެ އެ މީހާ އެ ތަނުން ނެރެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ ބަންގްލަދޭޝް ފިރިހެނެކެވެ.

ފުލުހުން ބުނީ އެ މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ސިއްހީ ހާލަތު ބަލަމުންދާ ކަމަށާއި ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

Leave a Reply