އަޑު އެހުމުން މަހުރޫމްވެފައިވާ ދަރިވަރެއް އަލަށް ގައުމީ ޔުނިވާސިޓީ(އެމްއެންޔޫ)އިން ދަސްވެނިވެއްޖެ އެވެ.

އިސްމާއީލް ރާހިލު ނަމަކަށް ކިޔާ ދަރިވަރު ދަސްވެނިވީ އެމްއެންޔޫގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ފަހު އެވެ.

ރާހިލްގެ ކާމިޔާބީއަށް ގިނަ ބަޔަކު ތައުރީފްކުރަމުންދާ އިރު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުވެސް ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފަ އެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުރުމަކީ ކިޔެވުމަށް އޮތް ހުރަހެއް ނޫންކަން ރާހިލުގެ ކާމިޔާބީން ދައްކުވައިދީފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އަދި ރާހިލުގެ ކާމިޔާބީން ނުުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިތުރު އުއްމީދެއް ލިބިފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށް ސްކޫލުތަކުގައި ކިޔަވަމުންދާ އިރު ބައެއް ދަރިވަރުން މީގެ ކުރިން ވަނީ އޯ ލެވެލްގައި ވެސް ބޮޑެތި ކާމިޔާބީތައް ހޯދައިފަ އެވެ.

Leave a Reply