މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރު ހިއްސާވާ 12 ކުންފުންޏެއް ގެއްލުމުގައި ހިންގާފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން (ޕީސީބީ)ގެ ކުއާޓަލީ ރިޕޯޓުން ދައްކައިފިއެވެ.

ޕީސީބީ ރިޕޯޓުން ދައްކާގޮތުގައި، 12 ކުންފުންޏަކަށް ލިބުނު އާމްދަނީއާ ނުބައްދަލު ގެއްލުމެއްވަނީ ލިބިފައެވެ. ގެއްލުމުގައި ހިންގި ގިނަ ކުންފުނިތަކަކީ ދައުލަތުން ބަޖެޓް ސަޕޯޓް ފޯރުކޮށްދޭ ކުންފުނިތަކެވެ.

އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ފެނަކަ ކޯޕަރޭޝަނެވެ.

އެކުންފުނިތަކަކީ؛

  • އާރުޑީސީ – 113.73 މިލިއަން ރުފިޔާގެ ގެއްލުން
  • ފެނަކަ ކޯޕަރޭޝަން – 33.72 މިލިއަން ރުފިޔާގެ ގެއްލުން
  • ގަން އިންޓަނޭޝަނަލް އެއާޕޯޓް – 17.55 މިލިއަން ރުފިޔާގެ ގެއްލުން
  • އެފްޑީސީ – 14.05 މިލިއަން ރުފިޔާގެ ގެއްލުން
  • ޓޭޑްނެޓް – 10.55 މިލިއަން ރުފިޔާގެ ގެއްލުން
  • އެމްއެފްއެމްސީ – 7.15 މިލިއަން ރުފިޔާގެ ގެއްލުން
  • ހައްޖު ކޯޕަރޭޝަން – 6.6 މިލިއަން ރުފިޔާގެ ގެއްލުން
  • ޕީއެސްއެމް – 5.72 މިލިއަން ރުފިޔާގެ ގެއްލުން
  • ބީސީސީ – 3.65 މިލިއަން ރުފިޔާގެ ގެއްލުން
  • މޯލްޑިވްސް ޕޯސްޓް – 2.26 މިލިއަން ރުފިޔާގެ ގެއްލުން

އޭގެ އިތުރުން ދައުލަތުން ބަޖެޓު ދޫނުކުރާ ދެ ކުންފުންޏެއްވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގާފައި ވަނީ ގެއްލުމުގައެވެ.

އެ ގޮތުން އައިލެންޑް އޭވިއޭޝަނަށް 46.36 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، ސަރުކާރުގެ އެންމެ ގިނަ މަޝްރޫއުތައް ހިންގާ އެއް ކުންފުނި ކަމަށްވާ އެމްޓީސީސީ ހިންގާފައި ވަނީ 19.66 މިލިއަން ރުފިޔާގެ ގެއްލުމުގައެވެ.

Leave a Reply