ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހުޅުމާލޭގެ ފޭސް ދޭއްގައި ތަރަައްގީކުރި ޓަވަރުތަކުގެ ތެރެއިން ޓަވަރެއްގައި ޖެނެރަޕް ޕްރެކްޓިޝަނާ (ޖީޕީ) ކްލިނިކްއެއް ގާއިމުކުރަން ނިންމައިފި އެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެފްޑީސީއާއި އަދި ހުޅުމާލެ ހޮސްޕިޓަލާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މާލެ ސިޓީ އޮފް ގްރޫޕް އެންޑް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ހަލީމް މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު ގާއިމުކުރާނީ އެފްޑީސީން ތަރައްގީކުރި އަމާން އުދަރެސް ޓަވަރު 6ގައި ކަމަށެވެ.

އަމާން އުދަރެސްގައި ގާއިމުކުރާ ޖީޕީ ކްލިނިކްއަކީ މާލެ ސަރަހައްދުގައި ގާއިމުކުރަން ނިންމާފައިވާ ހަ ޖީޕީ ކްލިނިކްގެ ތެރެއިން އެއް ކްލިނިކް އެވެ.

އޭގެ ތެރެއިން ފުރަތަމަ ކްލިނިކް މާފަންނުގައި ހުޅުވޫ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.

ސަރުކާރުން ނިންމާފައިވަނީ މާލޭގެ ހަތަރު އަވަށާއި ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގައި ޖީޕީ ކްލިނިކް ގާއިމުކުރުމަށެވެ.

ސިއްހީ ދާއިރާ ހަރުދަނާކުރުމަކީ ރައީސް މުއިއްޒު ހާއްސަ އިސްކަމެއްދެއްވައިގެން ކުރައްވާ ކަމަކަށްވާއިރު، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ ބޮޑު އިސްކަމެއްދެއްވާފައިވާ ދާއިރާއަކީވެސް ސިއްހީ ދާއިރާއެވެ.

Leave a Reply