ހުޅުމާލެ ފޭސް އެކެއްގެ ކަންނެލި ޖެޓީ ސަރަހައްދު ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ އިއްޔެ ފުލުހުން ހުޅުމާލޭގައި ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ޖެޓީ ސަރަހައްދުގައި ތިބި ބައެއްގެ އަމަލުތައްހުރި ގޮތުން ތުހުމަތު ކުރެވިގެން އެ މީހުންނާއި އެ ސަރަހައްދުވެސް ފާސްކޮށް ބަލައި ހެދި ކަމަށެވެ.

އަދި އެ ސަރަހައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 23 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި ތަކެތި ފެނިފައިވަނީ ކަންނެލި ޖެޓީ ޑޮކް ފެންޑަރެއްގެ ތެރެއިންނެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުނުކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް  ތަހުގީގު ކުރަމުންދާ ކަމަށެވެ.

Leave a Reply