ހުޅުމާލޭ ފޭސް 1ގައި ހުންނަ އެންސިސްގެ ގުދަނުގައި އަލިފާން ރޯވެެއްޖެ އެވެ.

އެމްއެންޑީއެފްއިން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ ހާދިސާގެ މަޢުލޫމާތު ލިބިުނީ މިރޭ 6:48 ހާއިރު ކަމަށެވެ.

އަދި އެކަން އެނގުމާއެކު  އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްއިން އަލިފާން ނިއްވުމަށް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަގޮތުން އަލިފާން ރޯވެ އެ ސަރަހައްދުން ވަރަށް ބޮޑަށް ދަނީ ދުން އަރަމުންނެވެ.

އަލިފާން ރޯވީ ކިހިނެއްވެގެން ކަމެއް އަދި ސާފެއް ނު ވެއެވެ.

Leave a Reply