އަތޮޅު ތެރޭގައި ރަށެއްގެ ސްކޫލުގައި ދަރިވަރަކާ މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑްކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި އެ މާރާމާރީ ހިނގީ އައްޑޫ ހައި ސްކޫލުގެ ކްލާސް ތެރޭގައެވެ.

އެ މާރާމާރީ ފެށެނީ ފިރިހެން ދަރިވަރަކު ގެންގުޅުު ފޯނެއް ޓީޗަރަކު އަތުލަން އުޅުމުގެ ތެރޭގައެވެ. އަދި ގަދަކަމުން އެ ފޯމު އަތުލަން އުޅުމުގެ ތެރޭގައި ދަރިވަރު ވެއްޓި ދަރިވަރާއި ޓީޗަރު މާރާމާރީ ހިންގިތަން ވީޑިއޯއިން ފެނެއެވެ. ބެލެވޭ ގޮތުން އެ ޓީޗަރަކީ ބިދޭސީ ޓީޗަރެކެވެ. ނަމަވެސް އެއީ ކޮން އިރަކު ހިނގިކަމެއް ކަމަށް ސާފެއްނުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލު “ދެން”އަށް ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން ޓީޗަރު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ. “ދެން” އަށް އެނގިފައިވާ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ މައްސަލަ މިހާރު ފުލުހަށް ވެސް ހުށަހަޅައިފައެވެ.

ދަރިވަރުންނާއި ޓީޗަރުންނާ ދެމެދު މާރާމާރީތަކުގެ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެެއެވެ.

Leave a Reply