ގަމަރުގިރި ކައިރީގައި އޮތް ދޯނީގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި ޙާދިސާގެ މަޢުލޫމާތު ލިބިފައި ވަނީ މިރޭ 19:10 އެހާއިރު ކަމަށާއި ރޯވި އަލިފާން ނިއްވާލައިފައި ވަނީ ދޯނި އޮތް ހިސާބު ކައިރި ރިސޯޓެއްގެ މުވައްޒަފުންގެ އެހީތެރިކަމާ އެކު ކަމަށެވެ.

މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި ޙާދިސާ ހިނގި ވަގުތު ދޯނީގައި 3 މީހުން ތިބިކަމަށް ފުލުހުން ބުނެއެވެ. އެއީ ދިވެއްސަކާއި (ދޯނީގެ ކެޕްޓަން) ދެ ބިދޭސީން (ފަޅުވެރިން) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި ދޯންޏަށް ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ޙާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ސަޕްލައި ދޯންޏެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

Leave a Reply