ރާއްޖޭގައި ތިބި ޢިލްމުވެރިންނަށް ވުރެ ދީނީ ޢިލްމަށް މޮޅުވާނެ ކަމަށް ރައްޔިތުންގެ ޑިމޮރެޓިކް ޕާޓީގެ ކުރީގެ ޗައަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ޑިމޮރެޓިކް ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ، ސިޔާސީ ގޮތުން ނިކުންނަ ދަންނަބޭކަލުންނަކީ ޤައުމަށް ހުރި މުސީބާތެއް ކަމަށެވެ. އަދި އެފަދަ ދަންނަބޭކަލުން އެއްޗެއް ކިޔަވައިގެން ތިއްބަސް މަޑުމަޑުން ގޭތެރޭގައި ވާހަކަ ދައްކާލައިގެން ތިބުމަށް އެދޭކަމަށް މޫސަ ވިދާޅުވިއެވެ.

“ތިބޭފުޅުން އަޅުގަނޑަކީ ދަންނަބޭކަލެއް ނޫނޭ ބުނޭ. އަޅުގަނޑު މާމޮޅުވާނެ މިހާރު އުޅޭ ދަންނަބޭކަލުންނަށް ވުރެ. އަޅުގަނޑަށް ވަރަށް ރަނގަޅަށް އިނގޭތީ މި ދަންނަވަނީ.” މޫސާ މަނިކު ވިދާޅުވިއެވެ.

މީގެ އިތުރުން ޖުވާގެ ވާހަކައާއި ރިބާގެ ވާހަކަތައް އިސްލާމުދީނުގައި އައިސްފައިވާނެ ކަމަށާއި ރައްޔިތުން ބޭސް ފަރުވާއަށް ސަލާން ޖެހުން ހުއްޓުވާ، އިސްލާމީ މަރުކަޒުގެ އެންމެ ބޮޑަކަށް ހުރި މީހާއަށް ބޮޑު މުސާރަ ނަގައިގެން އިނުމަކީ ވެސް ޖުވާ ކަމަށް މުސާ މަނިކު ވިދާޅުވިއެވެ.

Leave a Reply