
މާލެއާއި ވިލިމާލޭގެ މަގުތައް ހަދަން ޑިޒައިން މަރުހަލާ ފަށަން ޗައިނާއާއެކު ރާއްޖެއިން މިއަދު ސޮއިކޮށްފި އެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ކޮންގް ޝެންހުއާ އެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން މަސައްކަތް ފަށަނީ މަގުތައް ހަދަން ޑިޒައިންކުރުމުގެ މަރުހަލާ ކަމަށް ވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި މިދިޔަ އަހަރުގެ ކުރީކޮޅު ޗައިނާއަށް ވަޑައިގެން މަޝްރޫއުތައް ހިންގުމަށް ޗައިނާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ވަނީ ހަމަޖައްސަވައިފަ އެވެ. އަދި އެ ފައިސާއިން މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގަން ކަނޑައަޅާފައިވެ އެވެ.
Letter of Exchange was signed today between the Government of the Republic of Maldives and the Government of the People’s Republic of China for the implementation of the China-aided Redevelopment of Malé and Villimalé Roads Project.
The Letter of Exchange was signed by, the… pic.twitter.com/DDctHPHSiT
— Ministry of Construction, Housing & Infrastructure (@MoCImv) October 23, 2025
މި މަޝްރޫއު ކުރިއަށްގެންދާނީ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުވާގޮތައް ކަމަށް ކޮންސްޓަރްކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތޮލިބު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ސްޓޯމްވޯޓާ މެނޭޖްމެންޓް ސިސްޓަމެއް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
މާލޭގައި ފެންބޮޑުވުމުގެ މައްސަލައަކީ ޒަމާންވީ މައްސަލައަަކަށްވާ އިރު އެއްވެސް ސަރުކާރަކަށް އެ މައްސަަލަ ހައްލުކުރެވިފައެއް ނުވެއެވެ.

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































