ކަރަންޓީނުގެ ޖާގައާއި ފެސިލިޓީގެ ޖާގަ އިތުރުކޮށް އޮޅުހިޔާއަށް ބުޅާތައް ނެގުމުގެ މަސައްކަތް ފަށައިފި އެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނީ މިހާރު އޮޅުހިޔާގެ ފެސިލިޓީގައި ޖުމުލަ 112 ބުޅާ ތިބޭނެ ކަމަށެވެ.

ފެސިލިޓީއަށް ގެންދިއުމުގެ ކުރިން ބުޅާ އެކަހެރިކޮށް ކަރަންޓީނު ކުރަން ޖެެހެ އެވެ. ކުރިން ކަރަންޓީނުގެ ޖާގަ ކުޑަ ނަމަވެސް ކަރަންޓީނުގެ ޖާގަ މިހާރު 100އަށް އިތުރުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

މާލެ މަގުތަކުގައި ބުޅާ މަދުވެފައިވާ ކަން ފާހަގަކޮށް މިދިޔަ ދުވަސްތަކުގައި މީހުން ސޯޝަލް މީޑިއާގައި ވެސް ޝުއޫރު ފާޅުކޮށްފައިވެ އެވެ.

Leave a Reply