
ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވައިދޭ ޕްރޮގްރާމްގެ ދަށުން މި އަހަރު 85 މިލިއަން ދޫކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހިލޭ ފުރަތަމަ ޑިގްރީ ޕްރޮގްރާމްގެ ދަށުން މި އަހަރު 1100 ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ދިން ކަމަށެވެ.
އެއާއެކު މި އަހަރު އެކަނި މިހާތަނަށް އެކަމަށް 85 މިލިއަން ރުދިޔާ ދޫކޮށްފައިވާ އިރު އެ ޕްރޮގްރާމް ފެށި ފަހުން ޖުމްލަ 235 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
📊 Under the First Degree Scheme, MVR 85M has been disbursed in 2025 over MVR 235M to date!
✅ 1,100 new students in 2025
🎓 2,068 graduates this year
📚 8,086 students currently studyingUpdated: 10th July 2025#HigherEducationMV #FirstDegreeScheme pic.twitter.com/sAbgWXGqvI
— Min. of Higher Edu, Labour and Skills Development (@MoHEmv) July 14, 2025
ހަޔާ އެޑިއުކޭޝަންއިން ބުނީ ހިލޭ ފުރަތަމަ ޑިގްރީއަށް މިހާރުވެސް 8086 ދަރިވަރުން ކިޔަވަމުންދާ ކަމަށެވެ. އަދި ހިލޭ ޑިގްރީއަށް ކިޔެވި 2068 ދަރިވަރުން މި އަހަރު ދަސްވެނިވެފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ. އެ ޕްރޮގްރާމްގެ ދަށުން ޑޮކްޓަރުކަން ވެސް ރާއްޖޭގައި ހިލޭ ކިޔެވެ އެވެ.

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































