ހުޅުމާލޭގައި ހުންނަ ކެފޭއެއް ކައިރީގައި ދެ މީހެއްގެ މެދު މާރާމާރީއެއް ހިނގައި އެކަކުގެ ނޭފަތް ފަޅާލައިފި އެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގީ މިރޭ 8:20 ހާއިރެވެ.

ފުލުހުން ބުނީ އެކަކުގެ ނޭފަތް ފަޅައިގެން ދިޔަ ނަމަވެސް އަނެކަކަށް ބޭރު ފުށުން އަނިޔާއެއް ލިބިފައި ނެތް ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންދާ ކަމަށެވެ.

Leave a Reply