ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 18އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ހދ. ވައިކަރަދޫ/ ސައްކެޔޮގަސްދޮށުގެ، އައިޝަތު ސައުސަންއެވެ.

އެ މައްސަލައިގައި އޭނާ 15ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ އިރު ސައުސަންގެ ކޮޓަރިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނުކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.

ނަމަވެސް ފެނުނީ ކޮން ބާވަތެއް ކަމާއި އޭގެ ބަރުދަން ހާމައެއް ނުކުރެއެވެ.

ސައުސަންގެ މައްޗަށް ކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅުމުގެ އިތުރުން އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތެވެ.

ސައުސަންގެ ކުޑަކަމުދާތަކެތި ވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

Leave a Reply