ސިނަމާލެ ބްރިޖްގެ ދަށުގައި ބަޔަކު ދިރިއުޅެމުންދާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

މާލެ ސަރަހައްދުން ބުރިޖު ފެށޭ ހިސާބުން އެ ބުރިޖުގެ ދަށުގައި ބަޔަކު ދިރިއުޅެން ތަންމަތި އަޅާފައި ހުރި މަންޒަރަކާއި އެތަނުގައި މީހަކު ހުރި މަންޒަރު ފެންނަ ވީޑިއޯއެއް އެންމެ ފުރަތަމަ އާންމުކުރީ ރާއްޖޭގެ ނޫހަކުންނެވެ.

އެ ނޫހުން އެކަން ރިޕޯޓްކުރި ފަހުން ފުލުހުން ބުނީ އެ މައުލޫމާތާ ގުޅިގެން އެ ސަރަހައްދު ބަލައި ފާސްކުރި ކަމަށާއި އަދި ބައެއް ފަރާތްތަކުން އެ ތަން ބޭނުންކުރާކަން ފާހަގަކުރެވިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކަން ހުއްޓުވުމަށް ޓަކައި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި، މިފަދަ މައްސަލަތަކުގައި އިޖުތިމާއީ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތައް ހިމެނިދާނެތީ، އެފަރާތްތަކުގެ ރައްކާތެރިކަމާއި މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

Leave a Reply