
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަހު ދިވެހި ހައްޖާޖީންގެ ފަހު ގުރޫޕް ރޭ ރާއްޖެއަށް އެނބުރި އައިސްފިއެވެ.
އެންމެ ފަހު ހައްޖާޖީންގެ ގުރޫޕު ރާއްޖެއަށް އެނބުރި އައިސްފައި ވަނީ ރޭ 10:40 ހާއިރުއެވެ. މި ފްލައިޓްގައި 261 ހާޖީން ރާއްޖެއަށް އެނބުރި އައިސްފައިވެއެވެ. މި އަހަރު ވެސް ރާއްޖެއިން ހައްޖަށް ދިޔައީ 1000 މީހުންނެވެ. ހުރިހާ ހައްޖާޖީން ހައްޖުގެ އަޅުކަމަށް ފުރާފައި ވަނީ މެއި 15އާއި 19އާ ދެމެދުގައެވެ.
ހައްޖުގެ އަޅުކަމަށް ފަހު ހާއްޖެއަށް އެނބުރި އަންނަން ފެށީ މި މަހުގެ 5ވަނަ ދުވަހުގައެވެ. އެ ފްލައިޓުން 242 ހައްޖުވެރިން ރާއްޖެއަށް އައިސްފައިވާއިރު ދެވަނަ ގުރޫޕު ރާއްޖެއަށް އައިސްފައި ވަނީ މި މަހުގެ 7ވަނަ ދުވަހުގައެވެ. އެ ފްލައިޓުން 250 މީހުން ރާއްޖެއަށް އައިސްފައިވެއެވެ.
ދިވެހި ހުރިހާ ހައްޖާޖީންގެ ކޮންމެ ގްރޫޕެއް ސައުދީގައި 3 ހަފުތާ ހޭދަކޮށްފައިވެއެވެ. މައްކާގައި ޙައްޖުގެ މަނާސިކުތަކުގެ އިތުރުން ޙާޖީން މަދީނާގައި 2 ދުވަސް މަޑުކުރިއެވެ.





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































