އުމްރާއަށް ގޮސް އުޅެނިކޮށް އެޑްމިޓްކުރި ބަލި މީހެއް ރާއްޖެ ގެންނަން ސަރުކާރުން އެހީތެރިވެދިނުމުގެ މަސައްކަތް ފަށައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ވިދާޅުވީ މި ހިނގާ ސްކޫލު ބަންދު ޗުއްޓީގައި 7000އަށް ވުރެ ގިނަ ދިވެހީން އުމްރާއަށް ދިޔަ ކަމަށެވެ.

އަދި ޖުމްލަކޮށް އެ އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެހެން ނަމަވެސް މި ފަހަރު އުމްރާއަށް ގޮސްގެން އުޅޭ މީހުންގެ ތެރެއިން އެޑްމިޓްކޮށްފައިވާ ބަލި މީހެއް ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް  މިނިސްޓަރު ވިދާޅުވިއެވެ.

“އިންޝާ ﷲ ބަލިމީހާ މި މަހު 10 ގައި މާލެ ގެނެވޭނެ. މިކަމުގައި މޯލްޑިވިއަންނާއި އައިޖީއެމްއެޗުން ދެއްވަމުންގެންދަވާ އެއްބާރު ލެއްވުމަށް ޝުކުރު ދަންނަވަން.” މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.

ހައްޖާއި އުމްރާއަށް ދާ މީހުންގެ ތެރެއިން ހާލު ބޮޑުވެ ބައެއް މީހުން ސައުދީ އަރަަބިއްޔާގައި ކުރިން ނިޔާވެފައި ވެސް ވެއެވެ.

Leave a Reply