ޔޫތު މިނިސްޓްރީން ހިންގާ “ޒުވާނުންގެ ހޮޅުއަށި” ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

“ޔޫތު ޕްލިޓިކަލް ޕާޓިސިޕޭޝަން”ގެ މައުލޫއަށް މަޝްވަރާކުރުމަށް ހަމަޖެހިފައިވާ އެ ޕްރޮގުރާމު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުގެ ރޭ 8:30 އިން 10:00 އަށް ސޯޝަލް ސެންޓަރުގަ އެވެ.

“ޒުވާނުންގެ ހޮޅުއަށި” އަކީ ޒުވާނުންނަށް މުހިންމު މައްސަލަތަކާ ގުޅޭގޮތުން ހިޔާލާއި ތަޖުރިބާ ހިއްސާކުރުމަށް ބާއްވާ ޕްރޮގުރާމެކެވެ.

އެ ސެޝަންގައި ބައިވެރިވުމަށް 4000567އަށް ގުޅާލުމުން ނުވަތަ އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރް ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީވެވޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

Leave a Reply