ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތިމަތު މަހީރާ ވަކިކޮށްފިއެވެ.

މަހީރާ ވަކިކުރިކަން “ދެން”އަށް ޔަގީންވެފައިވާ އިރު ޓްރައިބިއުނަލްގެ ވެބްސައިޓުންވެސް އޭނާގެ ނަން ވަނީ އުނިކޮށްފައެވެ.

މަހީރާ ވަކިކުރި ސީދާ ސަބަބެއް ސާފެއް ނުވެއެވެ.

ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި މަހީރާ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމަށް އައްޔަނުކުރީ 2024ވަނަ އަހަރުއެވެ.

މަހީރާ ނައިބު ރައީސްގެ މަގާމުން ވަކިކުރިއިރު ނިމިގެން ދިޔަ ހަފްތާގައި ޓްރައިބިއުނަލްގެ ރައީސްގެ މަގާމަށް އަމްޖަދު މުސްތަފާ ވަނީ އައްޔަނުކޮށްފައެވެ.

Leave a Reply