ވަރީގެ މައްސަލައެއްގައި ކޯޓަށް ހާޒިރުނުވެގެން 19 އަހަރުގެ ދިވެހި ފިރިހެނަކު ހޯދަން އިއުލާންކޮށްފިއެވެ.

އެ މައްސަލައިގައި ހޯދަން އިއުލާންކުރީ ދިޔަވަރު، ބ. އޭދަފުށި، މުހައްމަދު ނައުފް (19އ)އެވެ.

ފުލުހުން ބުނީ ނައުފް ހޯދަމުންދަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އިއްޔެ ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

ނައުފްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442އަށް ގުޅައި ހިއްސާކުރަން ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

Leave a Reply