އދ. މާމިގިލީގައި ފީނަން ނުކުމެ އުޅެނިކޮށް ގެއްލުނު ކުއްޖާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި ފީނަން ގޮސް އުޅުނީ ހަތަރު ކުއްޖެކެވެ. އޭގެ ތެރެއިން 15 އަހަރުގެ ކުއްޖަކު ގެއްލިގެން އުޅޭ ކަމަށް  މިރޭ 7 ޖަހާކަށް ހާއިރު ރިޕޯޓްކުރި ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ އެ ކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުން އަދި މާމިނގިލީ މީހުން ދިޔައީ ކުރަމުން ނެވެ.

ނަމަވެސް އޭނާ މަރުވެފައި އޮއްވާ މިހާރު ވަނީ ފެނިފަ އެވެ.

Leave a Reply