ސައިކަލެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް ގުދަނެއްގެ ދޮރަށް އަރައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މާލޭ ރައްދެބައިމަގުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި، ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި، ކޮންޓްރޯލް ނުވެ ގޮސް ގުދަނެއްގެ ދޮރުގައި ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ 2026 ޖުލައި 17ވަނަ ދުވަހުގެ ރޭ 00:15 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން ފަރުވާއަށް އައި.ޖީ.އެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައިވާ ކަމަށާއި މި އެކްސިޑެންޓުގެ ސަބަބުން ދެ ސައިކަލަށާއި ގުދަނުގެ ދޮރަށް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލް ޓޯވ ކޮށް މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Leave a Reply