
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންވާ، އީދު ހަރަކާތްތަކުގައި ދައްކާލާ މާލިތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.
މި އީދުގައި ސަފީރު ވަޑައިގެންނެވީ ތ. އަތޮޅަށެވެ.
އެގޮތުން އެ އަތޮޅުގެ ކިނބިދޫއަށް ވަޑައިގެން އެ ރަށުގައި ކުރިއަށް ދިޔަ މާލި ޕެރޭޑްގެ ފޮޓޯތައް އެކްސްގައި ހިއްސާކުރައްވައި ވިދާޅުވީ ބައެއް މާލިތައް ވަރަށް ފައްކާ ކަމަށާއި އަދި އެނެއްބައި މާލިތައް ކުޑަކޮށް ބިރުވެރި ކަމަށެވެ.
އަދި ހުރިހާ މާލިތަކުންވެސް ފެނިގެން ދިޔައީ ފަންނުވެރިކަމާއީ އީޖާދީ ވިސްނުން ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
“ކިނބިދޫގެ ހުރިހާ ދިމާލަކުން ވެސް ފެނުނީ މިއުޒިކާއި ހީ ސަކަރާތާއި އުފާ ފާޅުކުރުން” ސަފީރު އިތުރަށް ވިދާޅުވިއެވެ.
What an amazing show!
Today, we had the opportunity to take part in the preparations and parade for the traditional cultural activity Beyya. People decorated themselves with coconut leaves, cotton, and all kinds of creative materials. Some costumes were playful and amusing,… pic.twitter.com/vtkZFpshM4— Ambassador Kong Xianhua (@China_Amb_Mdv) May 28, 2026
ކިނބިދޫގެ ރައްޔިތުން ބެހެއްޓެވި މެހެމާންދާރީއަށް ވެސް ސަފީރު ވަނީ ތައުރީފް ކުރައްވައިފައެވެ.
ޗައިނާއިން މިހާރު ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރާއްޖޭގެ ރީތި މަންޒަރުތައް ދޭތެރެ ދޭތެރެއިން އެކްސްގައި ހިއްސާކުރައްވައި ރާއްޖެއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައެވެ.



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































