ރާއްޖޭގެ ފަސް ތަރީގެ މަޝްހޫރު ރިސޯޓު، ސޮނެވާ ޖާނީގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސޮނެވާ ޖާނީ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ. ނައިފަރު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން މިހާރު ފަށާފައިވާ ކަމަށެވެ.

އިތުރު ތަފްސީލެއް އެމްއެންޑީއެފްއިން ނުދެއެވެ.

ނަމަވެސް އެމްއެންޑީއެފްއިން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުން އެ ރިސޯޓުގައި ވަނީ ވަރަށް ބޮޑަށް ރޯވެފައެވެ.

އެ ރިސޯޓުގައި ރޯވާން ދިމާވި ސަބަބު އަދި ސާފެއް ނުވެއެވެ.

Leave a Reply