ހެރިޓޭޖް މިނިސްޓްރީއަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.

އެ މިނިސްޓްރީން އިއުލާންކުރި މަގާމުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ސީނިއާ މަގާމުތަކާއި ޖޫނިއާ މަގާމުތައް ވެސް ހިމެނެއެވެ.

އެ މިނިސްޓްރީން އިއުލާންކުރި ވަޒީފާތަކުގެ ތެރޭގައި ލީގަލް އޮފިސަރާއި، ލީގަލް އެފެއާޒް ޑިރެކްޓަރުކަމާއި، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އޮފިސަރުގެ މަގާމުވެސް ހިމެނެއެވެ.

އޭގެ އިތުރުން ޕްރޮކިއުމަންޓް ޑިރެކްޓަރަކާއި އައިސީޓީ ޑިރެކްޓަރަކާއި ސީނިއާ ކޮމްޕިއުޓާ ޓެކްނީޝަންގެ މަގާމު ހިމެނެއެވެ.

ހުޅުވާލައިފައިވާ އިތުރު މަގާމުތައް

  • ސީނިއާ ޕްރޮޖެކްޓް އޮފިސަރު
  • ޕްރިންސިޕަލް ޕަބްލިކް ރިލޭޝަންސް އޮފިސަރު
  • ސީނިއާ ޕަބްލިކް ރިލޭޝަންސް އޮފިސަރު
  • ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު
  • ޕްރިންސިޕަލް ހިއުމަން ރިސޯސް އޮފިސަރު

އޭގެ އިތުރުން ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންދާ މިންވަރު ބަލަން ސަރުކާރުން ޢާންމުންނަށް ދެމުންދާ ހިދުމަތްތައް ހަރުދަނާކޮށް ކަނޑައަޅާފައިވާ ވާ ސުންގަޑިތަކަށް މަޝްރޫއުތައް ނިންމުމަށްޓަކައި ޕްރޮޖެކްޓް މޮނިޓަރިންގ އެންޑް އިވެލުއޭޝަން ސްޕްޝަލިސްޓެއް ވެސް ހެރިޓޭޖް މިނިސްޓްރީއަށް ހޯދަން ވަނީ އިއުލާންކޮށްފައެވެ.

Leave a Reply