ނިމުނު ޖޫން މަހު ، މުދަލު ޒަކާތުގެ ގޮތުގައި 21.2 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މޯލްޑިވްސް އިންލަންށް ރެވެނިއު އޮތޯރިޓީ މީރާއިން ދައްކާގޮތުގައި މުދަލު ޒަކާތުގެ ގޮތުގައި 21.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މި އަދަދަކީ 2025ވަނަ އަހަރުގެ ޖޫން މަހު ލިބުނު 10.6 މިލިއަން ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރު އަދަދެކެވެ.

މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި ވަނީ 79.6 މިލިއަން ރުފިޔާ ލިބިފައެވެ. މި އަދަދަކީ 2025ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 61.5 މިލިއަން ރުފިޔާއާ އަޅާބަލާއިރު 29 އިންސައްތަ އިތުރު އަދަދެކެވެ.

މުދަލު ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބެކެވެ. މިހާރު މުދަލު ޒަކާތުގެ ނިޞާބަކީ ރިހީގެ ގުރާމަކަށް 36.70 ރޭޓުން 595 ގުރާމަށްވާ 21،836.50 އެވެ.

Leave a Reply