ޑިވެލޮޕްމެންޓް ޕީޑިއެޓްރިޝަން ނުވަތަ އޯޓިޒަމް ފަދަ ކަންކަން ދެނެގަތުމާ ގުޅޭ ރާއްޖޭގެ ފުރަތަމަ ހާއްސަ ޑޮކްޓަރު އައިމިނަތު ފަޒްނާ މިއަދު ނިޔާވެއްޖެއެވެ.

ފަޒްނާ ވިޒިޓިން ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ކުޅުދުއްފުށީގެ އިލާ އަލީ އާދަމް ކްލިނިކްއިން “ދެން”އަށް ވަނީ ފަޒްނާ ނިިޔާވިކަން ކަށަވަރުކޮށްދެއްވައިފައެވެ.

ނަމަވެސް ފަޒްނާގެ މަރާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެ ކްލިނިކްއިން ނުދެއެވެ.

ނެޝެނަލް ޔުނިވަސިޓީ އޮފް މެލޭޝިއާގެ އިތުރުން އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާއިން ތަމްރީންވުމަށް ފަހު ޑިވެލޮޕްމެންޓް ޕީޑިއެޓްރިޝަންއެއްގެ ގޮތުގައި ފަޒްނާ އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވަން ފެެއްޓެވީ 2024 ވަނަ އަހަރުއެވެ.

ފަޒްނާއަކީ އޯޓިޒަމްއާއި އޭޑީއެޗްޑީއާއި އެކި ކަހަލަ ޑިވޮލޮޕްމަންޓަލް ޑިސްއޯޑާތަކުގެ ފުރިހަމަ ޑައިގްނޯސްޓިކް އެސެސްމަންޓް ހެދުމުގެ ތަމްރީން ލިބިފައިވާ ޑޮކްޓަރެކެވެ.

Leave a Reply