ސައިކަލެއްގެ މަޑިދަށުން ލެޕްޓޮޕެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ޅ.ހިންނަވަރު/ފެހިވިލު، އަބްދުﷲ ހައުޒާން (34އ)އެވެ.

އެ މައްސަލައިގައި އޭނާ ފަސް ދުވަހަށް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހައްޔަރާއި ބަންދުގެ ރެކޯޑް އޮންނަ ހައުޒާން ވަނީ އެ މައްސަލައިގައި ވަކީލަކު ބޭނުންވާ ކަމަށް ވެސް ބުނެފައެވެ.

ހުޅުމާލެ ވޯޓާ ތީމް ޕާކް ސައިޓް ތެރެއަށް ހުއްދަ ނެތި ވަން މައްސަލައިގައި މިދިޔަ އަހަރު އޭނާ ހަތަރު މަހަށް ޖަލަށް ލާން ވެސް ހުކުމްކުުރިއެވެ.

Leave a Reply