ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ދިޔައީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.

މި މުހިންމު ބައްދަލުކުރެއްވުމުގައި ނައިބު ރައީސް އަޙްމަދު ސަލީމްގެ އަރިހުގައި ބައިވެރިވެވަޑައިގަތީ މުލަކު ދާއިރާ ތަމްސީލުކުރައްވާ މެންބަރު އިބްރާހީމް ނައުފަލްކަން ފާހަގަކޮށްލެވެއެވެ.

މަޖިލީހުގެ ރަސްމީ އިދާރާއިން މި ބައްދަލުވުމުގެ ފޮޓޯތަކެއް އާންމުކޮށްފައިވީ ނަމަވެސް، މި ޒިޔާރަތުގައި ދެކެވުނު ވާހަކަތަކާ ގުޅޭގޮތުން އިތުރު އެއްވެސް ތަފްސީލެއް މީޑިއާތަކަށް ހާމަކޮށްފައެއް ނުވެއެވެ.

Leave a Reply