މިއަދު ގްރޭޓާ މާލެ ސަރަހައްދުގެ ކަރަންޓު ކެނޑުނު މައްސަލައާ ގުޅިގެން، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ހިދުމަތުން ފަށައިފި އެވެ.

މާލެއާއި ހުޅުމާލެ ހިމެނޭހެން ގްރޭޓާ މާލެ ސަރަހައްދުން ކަރަންޓް ކަނޑުނީ މިއަދު މެންދުރު 12:30 އެހާއިރު އެވެ.

އަދި އޭގެ ފަސް ގަޑިއިރަށް ވުރެ ވެސް އިރުވި ފަހުން މުޅި މާލެއަށް ކަރަންޓުދީ ހުޅުމާލެވެސް އެއްކޮށްހެން ކަރަންޓު ދީފައިވާ އިރު އެ މައްސަލަ ތަހުގީގު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާބެހޭ ފަރާތްތަކަށް ވެސް މިއަދު އޮތީ އަންގަވައިފަ އެވެ.

އެ މައްސަލައާ ގުޅިގެން ސަލާމަތި ކަންކަން ބަލަހައްޓަން ފުލުހުން މަސައްކަތްތަކެއް ފަށާފައިވާ އިރު ކަރަންޓަށް ދިމާވެފައިވާ މައްސަލަ އެއްކޮށް ހައްލު ކުރެވި އާންމު ހާލަތަށް ގެނެވެންދެން އެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ފުލުހުން މިރޭ އެކްސްގައި ބުންޏެވެ.

ސްޓެލްކޯއިން ބުނިގޮތުގައި ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.

މާލެ، ހުޅުމާލެއިން ކަރަންޓު ކެނޑުނުއިރު ވައިގެ މައި ބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހޮސްޕިޓަލުތަކުން ވެސް  ކަރަންޓުގެ ހިދުމަތް ކެނޑުނެވެ.

Leave a Reply