އަންނަ މަހުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓު ކުޑަކުރާނެ އުސޫލެއް ކަނޑައަޅައި އަމަލުކުރަން އަންގަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.

އެމަނިކުފާނު އެކަން އިއުލާނު ކުރައްވާފައި ވަނީ މިރޭ “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް ކުޑަކޮށް އެކަން ތަންފީޒުކުރަން އަންގަވާފައިވާނެ ކަމަށެވެ.

ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުގެ ގޮތުގައި މިހާރު ނަގަމުން އަންނަ އަދަދާއި އަގަށް ބަދަލު ގެނައުމުން ނަގާނެ އަދަދު އެ ޕޯސްޓާ އެކު އެމަނިކުފާނު ވަނީ ހިއްސާކުރައްވާފަ އެވެ.

މި ބަދަލުތައް ތަންފީޒު ކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު މެނޭޖްކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށް އަންގާފައިވާނެކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

Leave a Reply